Categories
ހުރިހާ ލިޔުންތައް

ބިންވަޅު ނެގުނު ފިޔަވަޅު 5 ވަނަ ބައި

 

ދުވަސްތައް ރެއަށްވެ ރޭ ދުވާލަށްވެ، ދައުރުވަމުން ދިޔައެވެ. އައިޝް ކެތްތެރިކަމާއެކު ދުވަސް ތައް ގުނަމުން ދިޔައީ މާލެ ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދިރިއުޅުން ރަށަށް ބަދަލުކުރިތާ 6 މަސް ފާއިތުވެގެން ދިއައިރު އައިޝްގެ ހަޔާތުގައި އުފާވެރިކަމުގެ އެއްވެސް ކުލައެއް ޖެހިފައެއް ނުވެއެވެ. ލިބިފައިވަނީ ހިތާމަޔާ ހިތްދަތިކަމެވެ.

Categories
ހުރިހާ ލިޔުންތައް

ކުރިސްމަސް ފަދަ ކާފަރުންގެ ޢީދުތައް މުސްލިމުން ފާހަގަކުރުމުގެ ޙުކުމް.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.‏ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. : ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކަށް ތިޔަބައިމީހުން ކާވަތުން ކާވަތުން ތަބާވާނެއެވެ. އެޔަށްފަހު މުށްމުށުން ތަބާވާނެއެވެ. އެއީ އެބައިމީހުން ސަޙަރާގެ އުޅޭ ބޮނޑެއްކަމަށްވާ ޟައްބުގެ ޙަރަށް ވަންކަމުގައިވިޔަސް އެމީޙުންގެ ފަހަތުން ގޮސްވަންނާނެއެވެ. ދެން

Categories
ހުރިހާ ލިޔުންތައް

މާބަނޑު އަންހެނުންނަށް ހުރި ބައެއް ނަސޭހަތް

މާބަނޑުވުމަކީ ކޮންމެ އަންހެނެއްގެ ވެސް އުއްމީދެކެވެ. އެއީ ތަފާތު ބަދަލުތައް ހަށިގަނޑަށް އައިސް މީހާގެ ސިއްހަތަށް ބަލައިގެން އުޅެންޖެހޭ ދުވަސްވަރެއްކަމުން މާބަނޑުމީހުންނަށް އަބަދުވެސް މީހުންގެ ނަސޭހަތް އަޑުއަހަންޖެހެއެވެ. ތިމާއާއި ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް މާބަނޑުވުމާއެކު ބައެއް އާދަތައް

Categories
ހުރިހާ ލިޔުންތައް

ކަލެޔާ ނަރަކަޔާއި ދެމެދުގައި ދެން ހުރީ ސަތޭކަ ކިލޯމީޓަރެވެ.

ތިންއެކުވެރިންގެ ވާހަކަ އަޑު އެއްސެވީމުތޯއެވެ؟ ސުބުޙާނަﷲ އެވެ. ﷲ ސުބުހަނަހޫ ވަތަޢާލާގެ އޯގާވަންތަ ކަމާއި ރަޙުމަތް ދެކޭށެވެ. އެއިލާހު ބޭނުންވެ ވޮޑިގެންވާ ފަރާތަކަށް މަގުދައްކަވައެވެ. އަދި ބޭނުންވެ ވޮޑިގެންވާ ފަރާތެއް މަގުފުރައްދަވައި މިދުނިޔެއާއި އަދި އާޚިރަތުގައި އަޛާބު ދެއްވައެވެ. އެންމެހާ އެކުވެރިންނޭވެ.

Categories
ހުރިހާ ލިޔުންތައް

މަގޭ ދަރިފުޅާ(3 ވަނަބައި)

ލިޔުއްވީ: މާޝާ

“ލީނާ… ލީނާ… ލީނާ…” މަންމަގެ އެއްވެސް ވާހަކައަކަށް އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން މަންމަ ގޮވާ އަޑު އަހަންނަށް އިވެއެވެ. ނަމަވެސް އެއަޑު އިވެނީ ވަރަށް ދުރުންނެވެ.

 “އަޔާން… އަޔާން… މަންމަގެ ދަރިފުޅާ…” އަހަންނަށް މަންމައާ ދިމާއަށް ބަލާލަމުން ބުނެވުނެވެ.

Categories
ހުރިހާ ލިޔުންތައް

ބިންވަޅު ނެގުނު ފިޔަވަޅު 4 ވަނަ ބައި

އައިޝްއާއި ކުޑައަލިބެ ހިނގަމުން އައިސް އާތިފްގެ ގޭދޮރުމައްޗަށް އެރި އިރު ދޮރު ހުރީ ހުޅުވާފައެވެ. ސަލާންގޮވާލުމުން ގޭތެރެއިން އާތިފްގެ މަންމަ ސަލާންބަލައިގަތެވެ. އަދި ގެއަށް ވަނުމަށް ބުންޏެވެ. ގޭތެރޭގައި ހުރި ގޮނޑިއެއްގައި ކުޑައަލިބެ އިށީނުމަށް ބުނެ، ދިމާވެގެން އުޅޭ މައްސަލަގެ ވާހަކަ ދައްކަންފެށިއެވެ.

Categories
ހުރިހާ ލިޔުންތައް

މިއަދުގެ މުޖުތަމަޢުގައި އަންހެންކަނބަލުން

އާދެ، ހަމަ ކަށަވަރުންވެސް މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވާފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަޅުވެތިވުމަށެވެ. “އަޅުކަންކުރުން” މިބަހުގެ މުރާދަކީ ރެ އާއި ދުވާލު ސައްވީސް ގަޑިއިރު މިސްކިތުގައި ނުވަތަ މުޞައްލަމަތީ ކޮންމެހެން ކުރަންޖެހޭ އަޅުކަންތައްކުރުމުގައި

Categories
ހުރިހާ ލިޔުންތައް

ބަލިވުމުން

ބައްޔެއް ނުވަތަ މުޞީބާތެއް ޖެހުމުން އެންމެ މުހިއްމުކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޔާފުޅަށް ރުހުމެވެ. އެއިލާހުގެ ޤަޟާ ޤަދަރަށް ރުހި އީމާންވުމެވެ. އަދި ކެތްތެރިވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމާ އިމްތިޙާންކުރައްވަނީ ކަން ދެނެގަތުމެވެ. ތިބާއަކީ ކެތްތެރިންގެ ތެރެއިން ވާ މީހެއްތޯ އެއިލާހު ތިބާ އިމްތިޙާންކުރައްވަނީކަން ދެނެގަނެ

Categories
ހުރިހާ ލިޔުންތައް

ގޮނޯރިއާ: ޖިންސީ ގުޅުމުގެ ޒަރީއާ އިން ޖެހޭ ނުރައްކާތެރި ބައްޔެއް!

ގޮނޯރިއާ ނުވަތަ ކިހުނުވުމަކީ ނޭސޭރިއާ ގޮނޯރިއާ (ގޮނޮކޯކަސް) އޭ ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބައްޔެވެ. ކިހުނުވުން މެދުވެރިކުރުވާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ.

Categories
ހުރިހާ ލިޔުންތައް

އަލްޙާފިޡު އިބުނު އަބްދުލްޙާދީގެ ސިޔަރަތުން މުހިންމު ނުކުތާތައް

ޢިލްމުވެރިންގެ ޒިކުރާކޮށް އެބޭކަލުންގެ ޢިލްމުތަކުން ފައިދާ ލިބިގަތުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް މުހިންމު ވާޖިބެއްމެއެވެ. އެގޮތުން މި ހުށައަޅާލެވެނީ ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާގެ ދަރިވަރެއްކަމަށްވާ ބޮޑު ޙަދީޘް ޢިލްމުވެރިޔެއްގެ ހަޔާތްޕުޅުގެ ޚުލާސާއެކެވެ