އައިޝްގެ ހިތަށް ކުރަމުންދިޔަ އިޙްސާސްތަކާއި ލިބެމުންދިޔަ ވޭން ދެކޭނެ އެއްވެސް މީހަކުނެތެވެ. އަނެއްކާވެސް ހަދާނެގޮތެއް ނޭގި ގޭ ދޮރުމަތީ ވަގުތުތައް ހޭދަކުރަމުން ދިއައެވެ. ގެއަށް ވައްދާނެ ކަމުގެ އުންމީދުގައެވެ. އިރު އޮއްސެމުން ދަނީއެވެ. ގޭ ދޮރު ހުޅުވާލުމަށްފަހު އާތިފްގެ މަންމަ އައިޝްއަށް ގޮވާލިއެވެ. ގެއަށް ވަންނަން ތިއުޅެނީ ކީއްކުރަންތަ؟
Author: Admin
މަގޭ ދަރިފުޅާ(2 ވަނަބައި)
ލިޔުއްވީ: މާޝާ
އެއީ މީގެ ދެ ދުވަސް ކުރިއެވެ. ނަމަވެސް އަހަންނަށް ހީވަނީ އޭގެ ފަހުން އެތައް އެތައް ދުވަހެއް ވެއްޖެ ހެންނެވެ. އެހެން ނަމަވެސް އެހަނދާން އަހަރެންގެ ހިތުގައި ވަނީ ދެންމެ ވީ ކަމެއް ހެންނެވެ.
އަހަރެންގެ ހަ އަހަރުގެ ފިރިހެން ދަރިފުޅު އަޔާން އެއީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އަށް އަހަރު ކުރިން އަހަރެންނާ ޝިފާޒް ކައިވެނިކޮށް، އޭގެ ދެއަހަރު ފަހުން އަޔާން ލިބުނުތާ އަހަރެއްވެސް ނުވެ ޝިފާޒް ވަނީ ނިޔާވެފައެވެ. އޭގެ ފަހުން އަހަރެންނާ އަޔާން އުޅެނީ އަހަރެންގެ މަންމައާ ބައްޕަ ގާތުގައެވެ.
بسم الله الرحمن الرحيم ، الحمد لله رب العالمين ، والصلاة والسلام على قدوتنا وحبيبنا ونبينا محمد وعلى آله وأصحابه أجمعين ، أما بعد! السلام عليكم ورحمة الله وبركاته!
އާދެ! މިހާރަކަށް އައިސް ބޮޑުވަމުން އަންނަ ކުދިންނާއި ޒުވާނުންގެ އަޚްލާޤީ ފެންވަރު ދަށްވަމުންދާކަމީ، އަޅުގަނޑުމެންކުރެ ހަމަ ކޮންމެ މީހަކަށްވެސް އިޙްސާސްކުރެވޭ ކަމެއް. ޝައްކެއްނެތްގޮތުގައި މިއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާ ކަމެއް. އާދެ! ހަމަ ކޮންމެ މީހައްގެވެސް ޝަކުވައަކީ
ލޮބުވެތި ބެލެނިވެރިންނޭ!
ލޮބުވެތި ބެލެނިވެރިންނޭ! މަންމައިންނާއި ބައްޕައިންނޭ!. ކުޑަކުދިންނަކީ މާދަމާގެ މުސްތަގްބަލެވެ. ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީވެސް ހަމަ އެ ކުޑަކުދިންނާއެވެ. އަޅުގަނޑުމެންގެ ތުއްތު ދަރިންނަށެވެ. ޝައްކެތްނެތެވެ. ތުއްތު ތުއްތު އެ ދަރީންނަކީ ﷲ ދެއްވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ.
އިރުގެ އަލިކަން ބިމަށް ފާޅުވެ، ދޫނިތައް އެސޮރުމެންގެ ފަތިހުގެ ނާސްތާއަށް ދަތުރުކުރާ މަންޒަރަކީ އައިޝްގެ ހިތައް އުފަލާއި ހިންހަމަޖެހުން ގެނެސްދޭ މަންޒަރަކެވެ. މާލެ ފަދަ ހަލަބޮލި ތަނެއްގައި ދިރިއުޅެފައި ވުމުން އެފަދަ މަންޒަރެއް ދުށުމުގެ ނަސީބު މަދުން ނޫނީ ނުލިބެއެވެ. އައިޝްގެ މޫނުމަތިން ފާޅުވަމުންދިޔައީ އުފާވެރިކަމާއި ހިންހަމަޖެހުމެވެ.
ޚިދުމަތަކީ ކޮބައިތޯއެވެ؟ ދިވެހި ބަހުގެ ރަދީފުގައި މާނަ ކޮށްފައިވާ ގޮތުން އެއީ މީހަކަށް ނުވަތަ ބަޔަކަށް ކަމެއް ކޮށްދިނުމެވެ. މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަށް ޓަކައި އެހެން މީހަކަށް ޚިދްމަތްކޮށްފި އަޅަކު އަމިއްލަ އެދުމުން އެއްކިބާކޮށް ނަފްސް ޠާހިރުކޮށް ހިތްހަމަޖެހުން ލިބިގެންފިއެވެ.
ޢީސާ ޢަލައިހިއްސަލާމް އުޑަށް އުފުއްލެވުން
ﷲ ސުބުޙާނަހޫ ވަތަޢާލާ އާލު އިމުރާނުގެ 54 ވަނަ އާޔަތާއި 55 ވަނަ އާޔަތުގައި ބަސްފުޅު ޥަޙީކުރައްވައެވެ.
وَمَكَرُوا وَمَكَرَ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ ﴿٥٤﴾ إِذْ قَالَ اللَّـهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ .وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا…
މާނައިގެ ތަރުޖަމާޢީ: ފަހެ ކާފަރުންތައް އެބައިމީހުންގެ ނުބައިރޭވުންތައް ރޭވިއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާވެސް ރޭއްވެވިއެވެ.
ކޮންމެ ނެވާއެއް
އިންސާނުންނަށް ބުއްދިއާއި ފިކުރުކުރުމުގެ ތަނަވަސްކަން ދެއްވާފައިވަނީ ހެވާއި ނުބައި ދެނެގަނެ، ދެ ދުނިޔެ އާރާސްތު ކުރުމަށް މަސައްކަތްކުރުމުގެ މައްޗަށް ވިސްނާ ފިކުރު ކުރުމަށެވެ. މަދު ބަޔަކު ނޫނީ ލިބިފައިވާ ބުއްދީގެ ބޭނުމެއް ނުކުރެއެވެ. އަވަދިނެތި ދުނިޔޭގެ އުފަލާއި، އަރާމު ހޯދުމުގައި ވަގުތުތައް ހޭދަކުރަމުން ދާއިރު،
މަގޭ ދަރިފުޅާ..( 1ވަނަބައި)
ވާހަކަ ލިޔުއްވީ: މާޝާ
“މަންމާ، ޔާން ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ…
މަންމާ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް… ޕްލީޒް… ވާހަކަ ދައްކަބަލަ… ވާހަކަ ދައްކަބަލަ…
މަންމާ، ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ބުނެބަލަ ޕްލީޒް… މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ…”
އަހަރެންގެ ދަރިފުޅުގެ އާދޭސް އަހަރެންގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. ވިހި ތިރީސް ފަހަރަކުވެސް ނޫނެވެ. އެތައް އެތައް ސަތޭކަ ފަހަރަކުއެވެ.
އަހަންނަށް ލޯމަރާލަމުން ދެކަންފަތުގައި އަތް އަޅާ ބާރުކޮށްލެވުނެވެ.