Categories
ހުރިހާ ލިޔުންތައް

ރޯދައިގެ ބައެއް މަޤްޞަދުތައް،

  ރޯދައިގައި ވަރަށް ބޮޑެތި މާނަ ތަކަކާއި މަތިވެރިވެގެންވާ މަޤްޞަދުތަކެއް އެކުލެވިގެންވެއެވެ. އެކަންކަމާއި މެދު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ވިސްނައި ފިކުރު ކޮށްލައިފިނަމަ އަހަރުމެން އަޖައިބު ކުރުވަނިވިހާ ކަންތައްތައް އެނގުނީހެވެ.

Categories
ހުރިހާ ލިޔުންތައް

ދެ ބޯލީ މިޔަރެއް

ދެބޯލާފައި އިން މިޔަރެއްގެ ފޯޓޯތައްކެއް ފެނުމާއި ގުޅިގެން ބެލިބެލުމުން އެމިޔަރަކީ ބުލޫޝާރކްގެ ގެ ނަމުން ނަންދެވިފައިވާ ވައްތަރެއްގެ މިޔަރެއްކަން ފާހަގަކުރެވުނެވެ. އެ މިޔަރާއި ބެހޭ މައުލޫމާތު އަދި ފޮޓޯތައް އާންމުވެގެން ދިޔައީ ނޭޝަނަލް ޖިއޮގުރަފިކް ގެ ކިޔުންތެރިއެއްކަމަށްވާ ކްރިސްޓޮޕާރ ޖޯންސްޓަން

Categories
ހުރިހާ ލިޔުންތައް

ކަދުރުގެ ތަފާތުފައިދާ ތަކާގުޅޭގޮތުން މަޢުލޫމާތުކޮޅެއް

ރޯދަމަސް އައުމާއެކު މުޅި ދުނިޔޭގެ އެތަންމިތަނުގައި ކަދުރުގެ ވިޔަފާރި ޢާއްމުވެއެވެ. އެހެނީ ކަދުރަކީ މުސްލިމުން އެބައިމީހުންގެ ރޯދަ ވީއްލުމަށްޓަކައި ޒަމާނުއްސުރެ ބޭނުންކުރަމުން އައި ބާވަތެއްކަމުގައި ވީތީއެވެ. މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިޥަސައްލަމްގެ ޒަމާނުއްސުރެ ދެމިގެން އައިސްފައިވާ އާދައެކެވެ.

Categories
ހުރިހާ ލިޔުންތައް

ރޯދަހިފުން ލުއިފަސޭހަކޮށްދޭ 14 ނަސޭހަތް

ރަމަޟާންމަހު ރޯދަހިފުމަކީ ބައެއް މީހުންނަށް ވަރަށް ދަތި އުނދަގޫ ކަމެކެވެ. ޚާއްޞަކޮށް ހޫނުގަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ. ރޯދަހިފުމުން އެމީހުން ވަރަށް ބޮޑަށް ވަރުބަލިވެ އެވެ. ތިރީގައި މިވަނީ، ވަރުބަލިވުމެއް ނެތި، ރޯދަހިފުމަށްޓަކައި ދެވޭ ސާދަ ނަސޭހަތެކެވެ.

1. ކާށެވެ! ނަމަވެސް އާދަޔާޚިލާފަށް ގިނައިން ނުކާށެވެ! ބޯށެވެ! ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން ނުބޯށެވެ! ތެޔޮހުންނަ ތަކެއްޗާއި، ފޮނި ހެދިކާ ފަދަ ބަރުތަކެތި ނުކެއުމަކީ، ޞިއްޙީގޮތުން އަރާމުލިބި، ރޯދަހިފުން ލުއިފަސޭހަކޮށްދޭނެ ކަމެކެވެ.

2. އިރުއޮއްސިއްޖެކަން ޔަޤީންވުމުން ކުޑަ ހިނދުކޮޅަކަށް ވެސް ލަސްނުކޮށް، އަވަހަށް ރޯދަވީއްލާށެވެ!

3. ކަދުރުން ރޯދަވީއްލާށެވެ! ބަނޑު ހިކުމުން ސަލާމަތްކޮށްދޭ ފައިބަރ، ކަދުރުގައި ވެ އެވެ. ހަށިގަނޑުގެ ތެރެއަށް އަވަހަށް ގިރިގެންދާނެ ހަކުރު ވެސް އޭގައިވެ އެވެ. ކަދުރުން ރޯދަވީއްލުމުން، ބަނޑުފުރިއްޖެކަން އިޙުސާސްވެ، ތަފާތު ބާވަތްބާވަތުގެ ކާނާ ކެއުމުން ސަލާމަތްވެވޭނެ އެވެ.

4. ރޯދަވީއްލުމަށްފަހު އިރުކޮޅަކުން ކާށެވެ! ރޯދަވީއްލަން ކަދުރު ނުލިބިއްޖެނަމަ، ފެންފޮދަކުން ރޯދަވީއްލާށެވެ! ދެން މަޣުރިބު ނަމާދު ކޮށްގެން އައިސް ކާށެވެ! ރޯދަވީއްލާ ގޮތަށް ކާންފެށުމަކީ، ގެއްލުންހުރި ކަމެކެވެ.

5. ރޯދަވީއްލުމަށްފަހު، ޞިއްޙީ ކާނާ ކެއުމަށް އާދަކުރާށެވެ! ހަވާދާއި ރާހުތް ހުންނަ އެއްޗެހި ގިނައިން ނުކާށެވެ! އަދި ހަޖަމްކުރަން އުނދަގޫ ތަކެތި ވެސް ނުކާށެވެ!

6. ހާރުކައިގެން ރޯދަހިފާށެވެ! އަދި ހާރުކެއުން ފަސްކުރާށެވެ! ކިރާއި މާމުޔާއި މޭވާފަދަ ހަޖަމުކުރަން ފަސޭހަ ކާނާ، ހާރުކެއުމުގައި ހިމަނާށެވެ! ހާރުކައިގެން ފެންބޯށެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން ފެން ނުބޯށެވެ!

7. ލޮނުގަދަ އެއްޗިއްސާއި، ގިނައިން ހަވާދު އަޅާފައިވާ އެއްޗެހި ނުކާށެވެ! އެފަދަ ކާނާ ކެއުމަކީ، ރޯދައަށް ހުންނައިރު ފެންބޮވައިގަތުން އިތުރުވާނެ ކަމެކެވެ.

8. ބަނޑު ހިކޭނަމަ، ފައިބަރ ގިނައިން ހުންނަ ތަކެތި ކާށެވެ! ފޮނިހެދިކާ ކެއުމަށްވުރެ ބޮޑަށް، މޭވާއާއި ތަރުކާރީ ކެއުމަށް އިސްކަންދޭށެވެ! އަދި ރޯދަވީއްލުމަށްފަހު، ކަސްރަތު ލިއްބައިދޭ ކަމެއް ކުރާށެވެ!

9. ރޯދަވީއްލުމަށްފަހު ނުނިދާށެވެ! އިރުކޮޅަކު އޮށޯތަސް މައްސަލައެއް ނެތެވެ. ނަމަވެސް ނިދައިފިނަމަ، ކަންނެތްކަން އިތުރުވެ، ލޮޑުވާނެ އެވެ.

Categories
ހުރިހާ ލިޔުންތައް

ތެލަސީމިއާ އަކީ ކޮބާ؟

ތެލަސީމިއާ އަކީ ލޭގައިވާ އާދަޔާޚިލާފުކަ،ކަމެކެވެ. މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާކަމެކެވެ. އެހެން އެއްވަސް ގޮތަކުން ޖެހޭ ބައްޔެއް ނޫނެވެ.
ބަލީގައިވާގޮތަކީ ލޭގައި ހިމެނޭ ހީމޯގުލޯބިން(އެޗް.ބީ)

Categories
ހުރިހާ ލިޔުންތައް

އަރާމު ނިންޖަކަށް ހުރަސްއެޅޭ ކަންތައްތަކުން ދުރުހެލިވުން

އަރާމު ނިންޖަކީ އިންސާނާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި އެއްޗެކެވެ. ހަމަ ނިދި ނުލިބުމަކީ މީހާގެ މޫޑު ގޯސްވެ ސިކުނޑިއަށް ވެސް އޭގެ ނުރަގަޅު އަސަރުތައް ފޯރުކޮށްދޭ ކަމެކެވެ. އެހެންކަމުން ނިންޖަށް ހުރަސް އެޅޭ ކަންތައް ހޯދާ އެފަދަ ކަންތައްތަކާ ދުރުހެލިވުމަކީ މުހިއްމުކަމެކެވެ

Categories
ހުރިހާ ލިޔުންތައް

ދުނިޔޭގައި ބޮޑެތި ބިންހެލުންތަކާއި ބޮޑުރާޅުއެރުމުގެ ހާދިސާ ތަކުގައި މިސްކިއްތައް

ﷲ ކޮންމެ ކަމެއް ހަރާންކުރެއްވުމުގައިވެސް އަދި ހަލާލުކުރެއްވުމުގައިވެސް ހިކުމަތްތަކެއްވާނެއެވެ.  އަދި ހަމަ އެހެންމެ  ބިންހެލުންތަކާއި ބޮޑުރާޅުއެރުންފަދަ ކަންތައްތަކުގައިވެސް ހިކުމަތެއްވާނެކަން ޔަގީނެވެ. ހަމަ އެހެންމެ ވިސްނާފިކުރުކުރާބަޔަކަށް ދުނިޔެމަތީގައި  އިބްރަތެއްވާނެކަން ޔަގީނެވެ

Categories
ހުރިހާ ލިޔުންތައް

ވިސްނުންތެރިކަމާ އެކު ކާށެވެ. އިސްރާފުނުކޮށް ފަހަށް ރައްކާ ކުރާށެވެ.

އިސްރާފުކުރުމަކީ، ޚިޔާނާތެކެވެ. އެތައް ބަޔަކަށްވެވޭ އެތައް ހިތި ނަތީޖާ ނިކުންނަ ކަމެކެވެ. އިސްރާފުކުޮށްލެވޭ އެއްމެ ރޮށިފަޅިއަކުންވެސް އެތައްބައެއްގެ ބުރަ މަސައްކަތާއި، ހޭދައާ ވަގުތު ބޭކާރުވެގެން ދެއެވެ. ތިބާއަށް މި ރޮށިފަޅީގެ މުހިންމުކަން ނޭނގިދާނެއެވެ. އެކަމަކު ދުނިޔޭގައި، ބަނޑުފުރާނަ މުއްތިކުރާނެ ރެވިއޮއްޓަރެއްގެ މިންވަރުވެސް ނެތި ހަނަފަސްކަމާ، ހައިހޫނުކަމުގައި ދުނިޔެ ދޫކުރަމުންދާ ޅަދަރިންގެ ޢަދަދު އެނގިއްޖެނަމަ، އެކަމާ ވިސްނާ ފިކުރު ކޮށްލައިފި ނަމަ، ގައިން ހީބިހި ނަގައިގެން ދާނެކަން ކަށަވަރެވެ.

ދުނިޔޭގެ ތިމާވެށިގެ ދުވަހުގެ މި އަހަރުގެ ސިޔާރު ގުޅިފައިވަނީ އިސްރާފުކުރުމާ ދެކޮޅަށެވެ. ކާބޯތަކެތިން ކުރާ އިސްރާފު މަދުކުރުމާ ދެކޮޅަށެވެ. ދުނިޔޭގެ މުއްސަނދިންގެ ސަހަރުކަމުގައިވާ ހުޅަނގުގެ ގައުމުތަކުގެ މީހުން މިކަމަށް ހޭއެރިކަމީ ނަސީބެއްތާއެވެ. ދުލުކުރިންނަ މަވެސް ބުނެލަން އޫޅާކަން އެއީ ހެޔޮފާލެކެވެ. އެހެނީ މުޅި ސަބުސަހާރާ އެފްރިކާގައި އުފަށްދާ ޖުމްލަ ކާބޯތަކެއްޗަށްވުރެ، ދުނިޔޭގައި އިސްރާފުކޮށް އުކާލެވޭ ކާއެއްޗެހި ގިނައެވެ. އަލިފު ދާލުގެ “ކާނާއާ ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ”ގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރަކު 1.3 ބިލިޔަން ޓަނުގެ ކާބޯތަކެތި އިސްރާފުކުރެއެވެ. އެހެންކަމާއެކުވެސް ދުނިޔޭގެ ކޮންމެ 7 މީހަކުން އެކަކު ދުވަސްނިންމާލަނީ ބަނޑުހައި ހޫނުކަމާއެކުއެވެ. 5 އަހަރުން ދަށުގެ 20،000 ކުޑަކުދިން ކޮންމެ އަހަރަކު ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވެއެވެ. މި ހިސާބުތަކަށް ބަލާ އިރު، އިސްރާފުގެ “ހިތި ބިލް” އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަން ކަށަވަރެވެ.

ކާބޯތަކެތި އިސްރާފުކުރުމުގެ ސަބަބުން އިސްރާފުވެގެން ދަނީ ހަމަ އެކަނި ތަރުކާރީއާ މޭވާއެއް ނޫނެވެ. ގޮދަނާ، މަހާ ކިރެއްވެސް ނޫނެވެ. ވަގުތާ ފައިސާ އާ، ކާ އެއްޗެހި އުފަށްދަން ކުރާ ބުރަމަސައްކަތްވެސް ބޭކާރުވެ އިސްރާފު ވެގެންދެއެވެ. އަޅުގަނޑުމެން އެއްލާލާ ޕާންފޮއްޗާ މެދު ވިސްނާލަމާތޯއެވެ. ޕާންފޮއްޗެއް އުފެއްދުމަށްޓަކައި ގޮދަންބޭނުންވެއެވެ. ގޮދަން ހެއްދުމަށްޓަކައި، ދަނޑުވެރިންނާ، ބިމާ، ބޭހާ، ފެނާ ގަސްކާނާ ބޭނުންވެއެވެ. އަދި މިއާ ގުޅުންހުރި ހުރިހާ ކަމާކާއި ތަކެއްޗެއް ބޭނުންކުރެވެއެވެ. ޕާން ފިހުމަށްޓަކައި، މެޝިނާ، ކެޕިޓަލް ބޭނުންވެއެވެ. އަދި އެތަށް ތެލެއް އަންދަންޖެހެއެވެ. މީގެ ސަބަބުން ނުރައްކާތެރި ގޭސްތައް ޖައްވަށް ގޮސް، ޖައްވު ކިލަނބުކުރެއެވެ. މިދެންނެވުނީ އެއްމެ ޕާން ފޮއްޗެއް އުފެންދުމަށް ކުރަން ޖެހޭހާ ކަންކަމެވެ. އެހެން ކަމުން އިސްރާފުކުރެވޭ ޕާންފޮތިން އިސްރާފު ވެގެން އެދަނީ ޙިޔާލަށް ގެންނަންވެސް އުނދަގޫވާހާ ގިނަ އެއްޗިއްސެވެ.

މީހުންއުޅޭ ސަރަޙައްދުގެ %25 ބިމަކީ ކާނާ އުފެއްދުމަށްޓަކައި ބޭނުންކުރާ ބިންތަކެވެ. އިނސްސާނުން ބޭނުންކުރާ ފެނުގެ %70 ޕަސެންޓް ބޭނުންކުރަނީ ކާނާ އުފެއްދުމަށެވެ. އަދި ކާނާ އުފެއްދުމަށްޓަކައި ޖަންގަލިތަކުގެ %80 ހަލާކުވެގެންދާއިރު، %30 ގްރިންހައުސް ގޭސް ޖައްވައްބޭރުވެގެން ދެއެވެ. މިއީ އެއްކަމަކަށް ދުނިޔޭގެ ވަސީލަތްތައް އެއްމެބޮޑަށް ބޭނުންކުރާ އެއް ކަންތަކެވެ. އެކަމަކު އަދިވެސް ދުނިޔޭ ދަނީ ބަނޑަށް ޖެހެމުންނެވެ.

ދުނިޔެއަށް ކުރިމަތި ވެފައިވާ އެއްމެބޮޑު އެއްކަންބޮޑުވުމަކީ ދުނިޔޭގެ އަހުލުންނަށް ކާބޯތަކެތި އިންސާފުވެރިކަމާއެކު ފޯރުކޮށް ނުދެވުމުގެ ކަންބޮޑުވުމެވެ. ދުނިޔޭގެ އާބާދީ 7 ބިލިއަނަށް އަރާފައިވާއިރު އޭގެ %14 މީހުންތިބީ މަލްނިއުޓްރިޝަންގެ ޝިކާރަ އަކަށްވެފައެވެ. ދުނިޔެގެ އާބާދީ 2050 ހުގަ 9 ބިލއިއަނަށް އަރާނެކަމަށް ލަފާކުރާއިރު، މިހާރު އަޅުގަނޑުމެންގެ ޢަމަލުތައް މިދާގޮތް ބަދަލު ނުކޮށްފިނަމަ، އާދެ އިސްރާފުނުކުރުމާ، ފަހަށްރައްކާކުރުމާއި، ހަމަހަމަކަން އިސްނުކޮށްފިނަމަ، ދުނިޔޭގެ ބަނޑަށް ޖެހިފައިވާ އާބާދީ އެތައް ގުނައަކަށް އިތުރުވެދާނެއެވެ.

ބަނޑުހައި ހޫނުކަމާދެކޮޅަށް، ކުރެވޭނެ އެއްމެ ބޮޑު އެއްކަމަކީ، އިސްރާފުކުރުން ދޫކޮށް، ފަހަށް ރައްކާކުރުމެވެ. އަދި ލިބޭމީހުން ނުލިބޭމީހުންނަށްދީ، އަޚުވަންތަކަމާ، އޯގާތެރިކަމާ، ހަމްދަރުދީން އަޅުގަނޑުމެންގެ ހިތްތައް ފުރާލުމެވެ. އަދި ދަނޑުވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީބޭނުންކޮށް އެފަދަ ޓެކްނޮލޮޖީ ފަޤީރު ގައުމުތަކަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އަތްފޯރާ ހިސާބަށް ތިލަކޮށްދިނުމެވެ. ސިޔާސަތުތައް ރާވާހިންގާ މީހުންނަކި އިހްލާސްތެރި އަމާނަތް ތެރި ބަޔަކަށް ވުމެވެ.

އިސްރާފުނުކުރުމަށް އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަމުރުކުރެއެވެ. އަދި އިންސާނަކު ފުރާނެ އެއްމެ ނުބައި ކަންވާރަކީ އޭނާގެ ބަނޑުކަމުގައި އަޅަމަންގެ މާތް ރަސޫލާ ވަނީ އިންޒާރު ކުރައްވާފައެވެ. އަދި ފަހުޒަމާނުގައި މުދަލާއި ކާނާއިތުރުވެ ބަންޑުންދާވަރުވާނެކަމާށައި، ނަމަވެސް ބަޔަކުމީހުން ފަޤީރުކަމާ އެކު އުޅޭނެކަން މާތް ރަސޫލާވަނީ އަންގަވާފައެވެ. އެކަމަކު އެއީ ދުނިޔެ ފަޤީރުވުމީމައެއް ނޫނެވެ. އެކަމަކު ދުނިޔޭން އަމާނަތްތެރިކަން އަރުއްވައިގަނެ އިޙްލާސްތެރިން ޣައިބު ވީމައެވެ. ހުރިހާ ކަމެއްގެވެސް ހައްލު ފެންނަން އޮތީ އިސްލާމް ދީނުގައެވެ. އެ ހައްލުހޯދޭނީ ފެންނަށް އޮތް ހަޤީޤަތުގެ މަށްޗަށް އިންސާނުން ޢަމަލުކުރުމުންނެވެ.

ނޯޓް: މިލިޔުމުގައިވާ ތަފާސް ހިސާބުތަށް ނަގާފައިވަނީ ޔޫއެންގެ ރަސްމީސައިޓުންނެވެ.

Categories
ހުރިހާ ލިޔުންތައް

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ހއ. ބާރަށުން ފާހަގަ ކުރެވޭ ތަންތަން

ހ. އާޘާރީ ހުކުރު މިސްކިތާއި މުންނާރު

ހއ. ބާރަށުގައި އާޘާރީ ހުކުރު މިސްކިތަކާއި، އެމިސްކިތުގެ އުތުރު ހުޅަނގު ކަނުގައި ހަތަރެސްކަނަށް ބިނާކޮށްފައިވާ ވަރަށް އާޘާރީ މުންނާރެއް އެބަހުއްޓެވެ. މި މުންނާރުގެ މިންތަކަކީ އުސްމިން 9 ފޫޓް 4 އިންޗި، ފުޅާމިން 7 ފޫޓް 3 އިންޗި، ބިމުން ފަށައިގެން ތިރީ ބަރުފޯހާއި ހަމައަށް އުސްމިން 2 ފޫޓް 10 އިންޗި އެވެ. މީގެ ދޮރުހުރީ ދެކުނަށެވެ. ދޮރުން އުތުރު އަތަށް އަރާން 4 ހަރުފަތްގަނޑު އެބަހުއްޓެވެ. މިތަނުން ހުޅަނގު އަތަށް އަރަން ހުރީ 2 ހަރުފަތް ގަނޑެވެ. ދޮރުގެ ފުޅާމިނުގައި 2 ފޫޓް އުސްމިނުގައި 5 ފޫޓް 1 އިންޗި އެބަހުއްޓެވެ. މިތަން ރާނާފައިހުރީ ވެލިގަލުންނެވެ. މި މުންނާރަކީ ދެއްވަދޫ ރަސްގެފާނު މިސްކިތާއެކީ ބެހެއްޓެވި  މުންނާރެއް ކަމުގައި ބުނެއުޅެއެވެ.  މި މިސްކިތުގެ އުތުރުދާލައިގެ ހުޅަނގު ކޮޅުމަތީގައި ސަނދުވާ ދަމާފައި އިހަށް ހުއްޓެވެ. މިތަނަކީ އުތީމު ބަންޑާރައިން، ( ބޮޑުތަކުރުފާނު ) ނަމާދުފުޅުކުރެއްވިތަން ކަމުގައި ބުނެއުޅެއެވެ. ( މި މިސްކިތްކުރިން އެތާނގައި ހުރިމިސްކިތެއްގައި އުތީމު ބަންޑާރައިން ނަމާދުފުޅު ކުރައްވައި އުޅުއްވި ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. )  މި މިސްކިތަކީ މުސްކުޅިގޮތަށް ހަދާފައި، ބާވިބާވިހެން މަރާމާތުކުރަމުން އައިސްފައިވާ، ދުވަސްވީ މިސްކިތެކެވެ. މިސްކިތާއި މުންނާރުގެ ރޭނުންހުރީ ދާދި އެއްސިފައަކަށެވެ. މިމިސްކިތާއި މުންނާރު ވަރަށްބޮޑަށް ހަލާކުވެފައިވުމާއެކު، 2002 ވަނަ އަހަރުގެ ތެރޭގައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިތަންތަން މިހާރުވަނީ މަރާމާތު ކުރައްވާފައެވެ.

ށ. ޤަދީމީ ގަލެއް

މި ރަށުގެ ދެކުނުކޮޅުގައިވާ، މީހުންނޫޅޭ ސަރަޙައްދުން ވަރަށް ޤަދީމީ ގަލެއް ފެނިފައިވެއެވެ.  އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީ ވިދާޅުވި ގޮތުގައި، މިތަނަކީ އިހުގައި ޢީދުނަމާދު ކުރަމުން އައިތަނެކެވެ. މިގަލަކީ މިންބަރު ކަމުގައި މީހުން ބަލާއުޅުނެވެ. މިގަލަށް އެއްވެސް ގެއްލުމެއް ނުލިބި އެބައޮތެވެ.

ނ. އާޘާރީ ވަޅު

މިރަށުގައި ދެ އާޘާރީ ވަޅު އެބަހުއްޓެވެ. ބުނެވޭގޮތުގައި މިއީ އުތީމު ތިންބެއިން “ކަޅުއޮށްފުންމި” ބެންނެވި ތަނުގައި ދެލި އުނބަށް ފެންޖަހަން ބެހެއްޓެވި 2 ވަޅެވެ. މިތަނުން އެއް ވަޅަކީ ޑައިމީޓަރުގައި 3 ފޫޓުހުރި، 8 ކަންލީ ވަޅެކެވެ. އަނެއްވަޅަކީ 2 ފޫޓް 2 އިނޗީގެ ވަޅެކެވެ. މިދެވަޅަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް މިތަންވަނީ މަރާމާތުކުރުމުގެ ގޮތުން ބޭރުން ރާނާފައެވެ.

ރ. ތިން ބެރެބެދި

މިރަށުގައި “ތިންބެރެބެދި” ކިޔާ އާޘާރީ ސަރަހައްދެއްވެސް އޮވެއެވެ. މިތަނަކީ ޕޯޒްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް މުޙައްމަދު ތަކުރުފާނު ކުރެއްވި ހަނގުރާމައިގައި ބޭނުންކުރެއްވި އޮޑި ” ކަޅުއޮށްފުންމީ” ގައި  ވަދެ މިކުމެވީ ދިމާކަމަށް ބުނެވެއެވެ.

ބ. ކަމަނާ މަގު

ހުކުރު މިސްކިތުން އިރަށް ދާންއޮތް މަގަށް ކިޔައި އުޅެނީ ކަމަނާ މަގެވެ. އެއީ މުޙައްމަދު ތަކުރުފާނު ރެހެންދި ގޮއްޔެ ގޮވައިގެން ހިންގެވި މަގުކަމުގައި ބުނެވެއެވެ. މި މަގުގައި އެޒަމާނުގެ ފެންވަޅެއް އެބަހުއްޓެވެ.

ޅ. ކާނިގަސް

މިރަށުގެ ޢީދުކުޅޭ މަގުގައި “ކަޅުއޮށްފުންމި” އަލަށް ބަންނަވައިގެން ރިޔާފައްސަވަން ޖެއްސެވި ކާނި ކަޑަ ކަމުގައިބުނާ ވަރަށްގިނަ ޒަމާންވީ  ކާނިގަހެއް އެބަހުއްޓެވެ.

ކ. ކަނބާ އައިސާގެ މަހާނަ

މިހާރު މިރަށު ސުކޫލް ހުރިމަގުގައި، ކަނބާއައިސާގެ މަހާނަފުޅުކަމަށް ބުނެވޭ މަހާނައަކީވެސް ރައްކާތެރި ކުރަންވެފައިހުރި ތަނެއްކަމަށް ފާހަގަކުރެވެއެވެ.

އ. “ކަޅުއޮށްފުންމިބެންނެވި ތަނާއި އެތާންގެ ދެފާރާތުގައި ހުރި ދެނިކަގަސް

“ކަޅުއޮށްފުންމި” ބެންނެވިތަން ކަމަށްބުނާ ތަނާއި އެތަނުގެ ދެފަރާތުގައި ހުންނަ ނިކަގަހާއި ހަރުގޭގެ ދެ މުޑި ކަމަށްބުނާ ދެ މުޑިވެސް މިސަރަޙައްދުގައި ވެއެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Categories
ހުރިހާ ލިޔުންތައް

މަސްތުވާތަކެތީގެ ނުރައްކަލާމެދު ދަރިފުޅު ހޭލުންތެރިކުރުވާނީ ބެލެނިވެރިޔާތަ

ޖަވާބަކީ “އާއެކެވެ”
ހަމައެކަނީ އޭގެ ނުރައްކާތަކާ ބެހޭގޮތުން ވާހަކަދައްކަނީއެއް ނޫނެވެ. ނަމަވެސް ލިބޭގެއްލުންތަކާ އޭގެ ނުރައްކަލުން ސަލާމަތްވެ ތިބެވޭނެ ހުނަރުތައްވެސް އުނގައްނައިދޭނީއެވެ.
އާދޭހެވެ! މިކަމާ ޚިޔާލުތަފާތުވާ