Categories
ހުރިހާ ލިޔުންތައް ތާރީޙް

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. ކުރެދިވަރު ކުކުރު މިސްކިތް

ނ. ކުރެދިވަރުގެ ހުކުރު މިސްކިތް ބިނާކުރެވުނީ އަލްއުސްތާޛް މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ ރަސްކަމުގައި 1121ހ، (1709މ.) ވަނަ އަހަރުގައެވެ. މިރަށް ގިރަމުންގޮސް  ކުކުރު މިސްކިތާއި އެމިސްކިތުގެ ގަބުރުސްތާނުން ބޮޑުބައެއް ގިރައިގެން ދިއުމާއި ރަށުގެ ފެން ލޮނުވުމުން، 27 ޖޫން 1943މ. އެރަށު މީހުން ނ. އަތޮޅު ބޮމަސްދުއަށް ބަދަލުކުރެވުނެވެ. ބޮމަސްދޫވެސް ގިރަންފެށުމާއި ށ. ފަރުކޮޅު ފުނަދޫ އާބާދުކުރުމުގެ ގޮތުން 26 ސެޕްޓެމްބަރ 1970މ. ގައި، ބޮމަސްދޫގައި ތިބި ކުރެދިވަރު މީހުންފަރުކޮޅުފުނަދޫއަށް ވަނީ ބަދަލުކުރައްވާފައެވެ.

ބުނެވޭ ގޮތުގައި ކުރެދިވަރު ފަޅުވީ އެރަށުގައި އުފެދުނުބޮޑު ފިތުނަވެރިކަމެއްގައި، އެފިތުނައިގެ ދެފަރާތުގައި ތިބި ވާދަވެރިން ސިހުރުހާހޫރައިގެ ތަކެތި ރަށުގެ އެތަންމިތަނުގައި ވަޅުލައި ހެދުމުން އެތަކެތި ހުރިތަންތަން ގިރައި”ކަނޑަށް” ވެގެންނެވެ. ކުރިން ކުރެދިވަރުގައި ތިބީ ނ. އަތޮޅު އެކުޅިވަރުގައި ތިބި މީހުންނެވެ. ބުނެވޭގޮތުގައި އެކުޅިވަރު މީހުންދާ ކޮންމެރަށަކުން މީހުން ފައިބަން ޖެހެނީ “ރައްގިރާތީ” އެވެ. ކުރެދިވަރު ގިރަމުންދިޔަ ވެލިގަނޑުން ރަށުގެ ދެކުނުކޮޅުގައި ފިނޮޅުއަޅައި، ރަށާއެކުވޮޑި، މިހާރުއަސްލު ކުރެދިވާރާއެއްވަރު ރަށެއްއުފެދި، ރުއްގަސް ހެދިފައި ވެއެވެ. އަސްލު ކުރެދިވަރުން ނުގިރައި އޮތީ ވަރަށް ކުޑަތަންކޮޅެކެވެ.

ކުރެދިވަރަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ އަނބިކަނބަލުންގެ ރަށެވެ. ނަމަވެސް މި އަނބިކަނބަލުންގެ ނަންފުޅު އަދިވަނީ ނޭނގުމުގެ ތެރޭގައެވެ. ތާޖުއްދީނުގެ ކާފަދަރިކަލުން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ނިޔައުވެ ވަޅުލެވިފައިވަނީ އެރަށުގައެވެ. މަހާނަގަލުގައި އޮތީ”… ނިޔައުވީ 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލާރޭ” އެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Categories
ހުރިހާ ލިޔުންތައް ތާރީޙް

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. މިލަދޫ ރެދިންގެ ގައުފުނި އަދި އުސްގަނޑު

 ނ. މިލަދޫގައި” ރެދިންގެ ގައުފުނި” ކިޔާ ތަނަކާއި ” އުސްގަނޑު” ކިޔާތަނެއް އޮވެއެވެ. 1987 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާ ޓީމަކާއި އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީ މިރަށް ތަޙުޤީޤު ކުރެއްވިއެވެ.

މި ސަރަހައްދުން ގޯތިދެވި، ސަރަހައްދުގެ ބޮޑުބައިވަނީ އާބާދީގެ ތެރެއަށް ވަދެފައެވެ. އަލްއަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި ބަޔަކުމީހުން މިތަނުން ގާނަގަނިކޮން، ހިރިގަލުން ހުރި ފޮއްޓަކާއި އޭގެތެރޭގައިވާ ތަކެތި ފެނިގެން، އެތަކެތި މާލެއަށް ފޮނުވުނުކަމަށް ރަށުއޮފީހުން އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީއަށް މަޢުލޫމާތު އެރުވިއެވެ. ތަނުގެ ހުރަސްފާރުތަކާއި ސަރަހައްދުގެ ވަށާފާރުގެ ހުރަސްކޮޅުތައް، ގިރައިގެން ގޮސްފައިވާތަނުން ފެންނަން 1987 ވަނަ އަހަރު ހުއްޓެވެ. ރަށުގެ މެދު ތެރެއިން ކޮންނަމުންދާއިރު ބުޑިސްޓް ދީނުގެ ދުވަސްވަރުގެ ގަލާއި އެފަދަ ތަކެތި ނެގޭކަމަށް ބުނެއެވެ. ފެންނަފެނުމުގައި މިރަށަކީ ކުރީޒަމާނުގައި މުހިންމު ރަށެކެވެ. އަދި ފަހުންވެސް ހަރުދަނާބަޔަކު އުޅެމުން އައިސްފައިވާ ރަށެކެވެ. ނ. އަތޮޅުގެ ނަން” މިލަދުންމަޑުލު” ނިސްބަތް ކުރެވިފައިވަނީ މިރަށަށް ކަމަށްވާތި، އިހުޒަމާނުގައި އަތޮޅުގެ އެންމެ އިސްރަށަކީ މިލަދޫ ކަމަށް ބެލެވެއެވެ.

“ރެދިންގެ ގައުފުނި” ކިޔާ ތަނަކީ އެރަށުގައި ބުޑިސްޓް މޮނާސްޓްރީއެއް ހުރި ތަނެއްކަމަށް އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާގެ ޓީމުން ވިދާޅުވިއެވެ. މިތަންހުރީ ރަށުގެ އިރުމަތި ފަރާތުގައެވެ. އެދިމާއިން 150 ވަރަކަށް ފޫޓް ގިރައިގެން ތަނުގެ ބޮޑުބައިވަނީ މޫދަށް ގޮސްފައެވެ. ކުރިން މިތަނާ ގޮނޑުދޮށާ ދެމެދު 180 ފޫޓް ނުވަތަ 200 ފޫޓް ހުންނާނެ ކަމުގެ ހެކި އިބްރާހިމް ލުތުފީއަށް ފެނިވަޑައިގަތެވެ. މިތަނަކީ ތަޙުޤީޤް ކުރަންވެފައިވާ މުހިންމު ތަނެކެވެ.

މިރަށުގައިހުރި ދެވަނަ އުސްގަނޑަކީ ކުނި އެޅުމުގެ ސަބަބުން ގޮނޑަކަށްވެ އުސްގަނޑަކަށް ވެފައިވާ ތަނެއް ކަމުގައި އަލް އުސްތާޛް އިބްރާހިމް ލުތުފީ ވިދާޅުވެފައި ވެއެވެ.

މިރަށުގައިވާ އާޘާރީ ތަންތަނަކީ އިތުރަށް ތަޙުޤީޤް ކުރުމަށް ބޭނުންވާ ތަންތަނެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Categories
ހުރިހާ ލިޔުންތައް

ފައިސާއާ ޝަރަފަށްޓަކައި ދީންވިއްކާނުލި 124 އަހަރުގެ އަންހެނާ

ގިނިސް ވޯރލްޑް ރެކޯރޑް ފޮތުން އެ މުސްކުޅި އުޚްތާއަށް ޖާގެ ލިބުމަށް އޮތް ހަމަ އެކަނި ހުރަހަކީ، އެކަމާނާގެ ބޮލުގައިވާ ބުރުގާއެވެ.

  124 އަހަރުވެފައިވާ ދުނިޔޭގެ އެންމެ އުމުރުންދުވަސްވީ އަންހެނާ: މަރިޔަމް ހަމްދާން އަމްމާސް އާއި އެކަމާނާގެ ދަރިންނާ މާމަ ދަރިންވަނީ، މަރިޔަމްގެ ބޮލުގައިވާ ބުރުގާ ނެގުމަށް ދެކޮޅު ހަދާފައެވެ.

Categories
ހުރިހާ ލިޔުންތައް

މިޔަރު އިންސާނުންނަށް ހަމަލާ ދިނުން- ހަގީގަތެއްބާ؟

މިޔަރަކީ ދިވެހި ރާއްޖޭގައިވެސް މިހާރަކަށް އައިސް ގިނަވެފައިވަ މަހެކެވެ. ހަމަ އެހެންމެ މިޔަރަކީ އިންސާނުން ބިރުގަންނަ މަހެކެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އިންސާނާއަށް މިޔަރު ހަމަލާ ދިނުމަކީ އާންމުކަމެކެވެ. މޫދުގައި އުޅެނިކޮށް މިޔަރަށް

Categories
ހުރިހާ ލިޔުންތައް

ވެޖިނަލް އިންފެކްޝަނުން ސަލާމަތްވާނީ ކިހިނެއް؟

ވެޖިނަލް އިންފެކްޝަން ނުވަތަ އަންހެނުންގެ ކުރމަތި ފަރާތުގައި އިންފެކްޝަން އުފެދުމަކީ ކޮންމެ އަންހެނަކަށް ވެސް ކުރިމަތިވެދާނެ ސިއްހީ މައްސަލައެކެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ބައެއް ފަހަރު ވަރަށް ވޭންދެނިވި ކަމަކަށް

Categories
ހުރިހާ ލިޔުންތައް

މަރު ކަނޑު

ޑެޑްސީ އަކީ އާދަޔާ ހިލާފް ސިފަތަކެއް ހުންނަ ކަނޑެކެވެ. އަދި މިކަނޑުގައިވާ އެންމެ އާދަޔާ ހިލާފް ކަމަކީ ލޮނުކަންގަދަ ކަމެވެ. އެހެންކަމުން އެތަނަކީ ތަފާތު ވައްތަރުގެ ދިރުންތައް ނެތް މަރުވެފައިވާ ކަނޑެއްގެ ގޮތުގައި ބުނެވެއެވެ. ފަސޭހަކަމާއި އެކު ފެންގަނޑުގެ މަތީގައި

Categories
ހުރިހާ ލިޔުންތައް

ކީރިތި ރަސޫލާގެ ހަޔާޕުޅުން ފާގަގޮށްލެވޭ މުހިންމު ތާރީޚް ތައް

މިލާދީ ތާރީޚް

ހިޖުރީ ތާރީޚް

ޙާދިސާ

 570 (ގާތްގަޑަކަށް މަރޗް/އޭޕްރިލްގަ)

 ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުން

676

އެކަލޭގެ ފާނުގެ އުމުރުފުޅުން ހައަހަރުގަ  މަންމާ ފުޅު އަވަހާރަވުން

578

 ކީރިތި ރަސޫލާގެ ކާފާ ފުޅު( ޢަބުދުލް މުއްތޮލިބު ) އަވަހާރަވުން

582

ބޮޑުބޭބެ ފުޅު އަބޫތޯލިބާ އެކު ސީރިޔާ އަށް ވަޑައިގެންނެވުން

595

ޚަދިޖަތުގެ ފާނާ ކައިވެނި ބައްލަވައިގަތުން. އޭރު އެކަލޭގެ ފާނުގެ އުމުރުފުޅަކީ 25 އަހަރެވެ. ޚަދީޖަތުގެ ފާނުގެ ޢުމުރުފުޅަކީ 40 އަހަރެވެ.

ގާތްގަޑަކށް އޮގަސްޓް 610

 ކީރިތި ރަސޫލާއަށް ފުރަތަމަ ފަހަރަށް ވަޙީބާއްވާ ލެއްވުން

615

މުސްލިމުން އަބިސީނިޔާ ( ޙަބުޝް ކަރަ ) އަށް ހިޖުރަ ކުރެއްވުން

617 – 620

ޤުރައިޝުން ވެގެން އެކަލޭގެ ފާނުގެ އާއިލާ ބޮއިކޮޓްކޮށް ގުޅުންތައް ކަނޑާލުން ( ޝިޢުބު ޢަބޫތޯލިބުގައި ހައްޔަރުވެ ވަޑައިގަތުން)

620

އެކަލޭގެފާނުގެ ބޮޑު ބޭބޭ އަބޫ ތޯލިބު އަވަހާރަވުން

620

އެކަލޭގެ ފާނުންގެ އަނބިކަނބަލުން ޙަދީޖަތުގެ ފާނު އަވަހާރަވުން

621

މިޢުރާޖު އަރާ ވަޑައިގަތުން

621

އަޤަބާގެ އަޙުދުނާމާ

ސެޕްޓެމްބަރ 24، 622

12 ރާބީޢުލް އައްވަލް 1

މަދީނާއަށް ހިޖުރަ ކުރެއްވުން

622

1

ޔަހޫދީނާ އިސްލާމުންނާ ދެމެދު މަދީނާގައި ވެވުނު އެއްބަސް ވުން

އެޕްރިލް 623

ޝައްވާލް، 1

)އައިޝަތުގެ ފާނާ ކައިވެނި ބައްލަވައިގަތުން

624

ރަޖަބު، 2

މުސްލިމުންގެ ޤިބުލަ ބަދަލުކުރެއްވުން

މާރޗް 623

17 ރަމަޟޯން، 2

ބަދު ރު ހަނގުރާމަ ކުރެއްވުން

އޭޕްރިލް 624

ޝައްވާލު، 2

ބަނޫ ޣައިނުޤާއު ވަންހަ އާ ހަނގުރާމެ ކުރެއްވުން

ޖޫން 624

ޒުލްޙިއްޖާ، 2

އެކަލޭގެ ފާނުގެ ދަރިކަނބަލުން ފާތުމަތުއް ޒަހުރާ ކަިވެނި ބައްލަވައިގަތުން

މާރޗް 625

15 ޝައްވާލް، 3

އުހުދ ހަނގުރަމަ ކުރެއްވުން

އޮގަސްޓް 625

ރަބީޢުލް އައްވަލް، 4

ބާނޫ ނަދީރު ވަންހައާ ހަނގުރާމަ ކުރެއްވުން

ޑިސެމަބަރ 625

ރަޖަބު، 4

ބަދުރު މައިދާނުގައި ދެވަނަ  ކުރިމަތުލުން ހިނގުން

ފެބުރުއަރީ 627

ޝައްވާލް – ޒުލްޤައިދާ ، 5

އަހުޒާބު ހަނގުރާމަ ކުރެއްވުން ފެބުރުއަރީ 627

މާރޗް 627

ޒުލްޤައިދާ ،5

ބަނޫ ގުރަިޒާއު އާ ހަނގުރާމަ ކުރެއްވުން

މާރޗް 628

ޒުލްޤައިދާ ، 6

ހުދައިބިއްޔާގެ އަހުދު ނާމާ އެކުލަވާލުން

އޭޕްރިލް 628

ޒުލްޙިއްޖާ 6

ދުނިޔޭގެ ރަރަސް ކަލުންނާ ލީޑަރުންނަށް އިސްލާމް ދީނަށް ދަޢުވަތު ދިނުން

މޭ – ޖޫން 628

މުހައްރަމް – ސަފަރު ، 7

ހައިބަރުގެ ކުރިމަތިލުން

ޖޫން 628

ސަފަރު ،7

އުންމު ހަބީބާ އާ ކައިވެނި ބައްލަވައިގަތުން

ނުކޮށް ދޫކޮށްލެވުން އުމުރާއެއް ކުރެއްވުން މާރޗހ 629

ޖޫން 629

ސަފަރު ،8

ހާލިދު ގެ ފާނާއި އަމްރު ބުން އާސް އިސްލާމް ވެ ވަޑައިގަތުން

ޑިސެމްބަރ 629 –  ޖެނުއަރީ 630

ރަމަޟޯން ،8

މައްކާ ފަތަޙަ ކުރެއްވުން

މާރޗް 630

ޒުލްޙިއްޖާ ،8

އެކަލޭގަ ފާނަށް   ފިރިހިެން ދަރިކަލަކު ލިބި ވަޑައިގަތުން (އިިބްރާހިމް)

އޮކްޓޫބަރ 630

ރަޖަބު ،9

އަބިސީނިޔާގެ ރަސްގެފާނު ނަޖާޝީ އަވަހާރަވުން

އޮކްޓޫބަރ -ޑިސެމްބަރ 630

ރަޖަބު ،9

ތަބޫކު ހަގުރާމަ ކުރެއްވުން

ޝައްވާލު ،9

އެކަލޭގެ ފާޏުގެ ދަރިކަލުން އިބްރާހިމް އަވަހާރަވުން

މާރޗް 631

ޒުލްޙިއްޖާ ،9

އަބޫބަކުރުގެ ފާނު އިމާމުކަމުގެ ދަށުން ކުރެވުން ހައްޖު

ޖޫން 631

ރަބީޢުލް އައްވަލް ،10

ނަޖުރާންގެ ގާތަށް ޙާލިދުގެ ފާނު ފޮނުއްވުން

ޑިސެމްބަރ 631

ރަމަޟޯން ،10

އަލީގެ ފާނު ޔަމަނަށް ފޮނުއްވުން

ފެބުރުއަރީ 632

ޒުލްޙިއްޖާ ،10

އެއްމަ ފަހުގެ ވަހީބަސްފުޅު އެކަލޭގެ ފާނަށް ބާއްވައި ލެއްވުން

ފެބުރުއަރި 632

ޒުލްޙިއްޖާ ،10

ޙައްޖަތުލް ވަދާޢު

8 ޖޫން 632

12 ރަބީޢުލް އައްވަލް 11

ކިރީރި މާތް ރަސުލާ މިދުނިޔެ ދޫކުރައްވާ ސުވަރުގެ ވަޑައިގަތުން ޖުން 8 632

Categories
ހުރިހާ ލިޔުންތައް

ޖިންނީންގެ އުނދަގުލުގައި އުޅެ ދުނިޔެ ދޫކުރި ޒުވާނެއް!

ޖިންނީން އިންސީންނަށް ގޯނާކުރާނެ ވާހަކައާއި ފަހު ޒަމާނުގައި އެފަދަ ކަންތައް އާންމުވެގެން ދާނެ ވާހަކަ އިލްމުވެރިންނާއި ރުގުޔާކިޔަވާ ފަރާތްތަކުން އިސްލާމްދީނުގެ މަސްދަރުތަކުގެ އަލީގައި އަންނަނީ ބުނަމުންނެވެ.

Categories
ހުރިހާ ލިޔުންތައް

އިތަޔަކީ ހުރިހާ ގޮތަކުންވެސް ފައިދާހުރި އެއްޗެއް

“ވިތާހިރު މޮޅު އެރަން މުތަކީ އިތާގެ ބަނޑުން ވިހޭދަރިއޭ.، ،ހިތާކޮށް ފިކުރު ބެލިނަމައީ އިބާރާތެއްކަމަށް ވާނޭ”  މީ ޝައިހް ހުސައިން ސަލާހުއްދީން ލިޔުއްވާފައިވާ ޅެމެކެވެ. މި ޅެން ބައިތުންވެސް އިތަޔާ އިތާމުތަކީ އެޒަމާނުގައި ވެސް އަގުހުރި ބޭނުންތެރި އެއްޗެއްކަމެވެ.

Categories
ހުރިހާ ލިޔުންތައް

ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން(ފިރުއައުނު ޢަރަޤުކުރެއްވި ހާދިސާ)

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނާށް ތަބައުވީ ބަނީ އިސްރާޢީލުންގެ މީސްތަކުން ފިރުޢައުނުގެ އަނިޔާއިން ސަލާމަތްކުރައްވާފައި. އެބައިމީހުން ފައިމަގުގައި ކަނޑު ހުރަސްކޮށް ފިރުއައުނުގެ ކިބައިން ސަލާމާތްކުރެއްވި ގޮތުގެ ވާހަކައަކީ