ނަމާދުތަކެއް ނުކޮށް ހުރި މީހަކު އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއް؟
ޖ. ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަގުތަށްވުރެ ފަސްކުރުމީ، ހުއްދަވާނޭ ކަމެއްނޫނެވެ. އަދި މިފަދަ ގޮތަކަށް ނަމާދެއް ފަސްކޮށްފިނަމަ ފާފަވެރިވާނެއެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މިދެޙާލަތުން ކުރެ ޙާލަތެއްގައި ނަމާދެއް ވަގުތަށްވުރެ ފަސްކުރެ