Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 لاَإِله إلاَالله ކިޔާށެވެ – heyobas

لاَإِله إلاَالله ކިޔާށެވެ

ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރެއް ކިޔައިދިނެވެ.

އެއްދުވަހަކު ތިމަންނާ ޑިއުޓީގައި ހުއްޓާ އެމްބިޔުލަންސުގައި ގާތްގަނޑަކަށް އުމުރުން ފަންސާހަކަށް އަހަރުގު ފިރިހެނަކު ގެނެވުނެވެ. އޭނާ އޮތީ މަރަށް ޙާޟިރުވެފައިވާ ހާލަތެއްގައެވެ. އަދި އޭނާގެ ފިރިހެން ދަރިފުޅު އޭނާގެ ކައިރީގައި ހުރެގެން ޝަހާދަތް ލައިދެމުން ދިޔައެވެ. ނަމަވެސް އޭނާގެ ބައްޕަގެ ފަރާތުން އެއްވެސް ޖަވާބެއް ނާދެއެވެ.

އޭނާގެ ދަރިފުޅު: ބައްޕާއެވެ. لاإله إلاالله ކިޔާށެވެ.

ނަމަވެސް ހަމަ އެއްވެސް ޖަވާބެއް ނުދެއެވެ.

އަނެއްކާވެސް އޭނާގެ ދަރިފުޅު ބައްޕަގެ ގާތުގައި ތަކުރާރުކުރަމުންދިޔައެވެ. އަދި އެޒުވާނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ފެށިއެވެ. އަދި ތަކުރާރުކޮށް لاإله إلاالله ކިޔުމަށް އެދެމުން ދިޔައެވެ.

އިރުގަނޑެއްފަހުން އޭނާގެ ބައްޕަ އޭނާއަށް ޖަވާބު ދޭން ފެށިއެވެ.

ޒުވާނާގެ ބައްޕަ: މަގޭ ދަރިފުޅާއެވެ. ބައްޕައަށް ތިޔަކަލިމަ އެނގެއެވެ. ނަމަވެސް ބައްޕަ ކިޔަން އުޅެއުޅެ ތިޔަ ކަލިމަ ކިޔޭގޮތެއް ނުވިއެވެ. ހީވަނީ ދޫމަތީގައި ބޮޑު ފަރުބަދައެއް ބަހައްޓާފައި ހުރިހެންނެވެ.

އޭނާގެ ދަރިފުޅު ރޯން ފަށައިފިއެވެ. އަދި ދެލޮލުން ކަރުނަ އަންނަ ހާލުގައި ބުނަމުން ދިޔައެވެ. ބައްޕާއެވެ. لاإله إلاالله ކިޔާށެވެ.

އޭނާ އަނެއްކާވެސް ބުންޏެވެ. ބައްޕައަކަށް ތިކަމެއް ނުވިއެވެ. ތިކަމެއް ނުވިއެވެ. އެހިނދު އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑާއި އަލްވަދާޢުކިޔައިފިއިއެވެ.

لاَ حَوْلَ وَلاَ قُوَّةَ إِلاَ بِاللهِ

___________________________________

އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނޭވެ. މަރު މާދަމާވެސް ބައްދަލުކޮށްފާނެކަން ހަނދުމަކުރާށެވެ. އަދި لاإله إلاالله މިކަލިމައަށް އެންމެ ފުރިހަމަ ގޮތުގައި އީމާންވެ މަރުވާ ހިނދުވެސް މިކަލިމަ ކިޔޭ މީހެއްކަމުގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަމާތޯއެވެ. އަދި މުސްލިމުންގެ ތެރެއިން މަރުވާ މީހުންނަށް لا إِلَهَ إِلا اللَّهُ ލައިދިނުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފައެވެ.

فعن أبي سَعِيدٍ الْخُدْرِيّ رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَقِّنُوا مَوْتَاكُمْ لا إِلَهَ إِلا اللَّهُ ) رواه مسلم 916

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުންނަށް لا إِلَهَ إِلا اللَّهُ ލައިދޭށެވެ.”

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި لا إِلَهَ إِلا اللَّهُ ކިޔާށޭ ބުނުމުގެ ބަދަލުގައި لا إِلَهَ إِلا اللَّهُ އޭނާއަށް އިވޭ ވަރަށް ކިޔައިދޭށެވެ. ސަބަބަކީ އެވަގުތުގެ ބުރައިގެ ސަބަބުން މަރުވަމުންދާ މީހާއަށް އިތުރުބުރައެއް ނުޖެއްސުމުގެ ގޮތުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(مَنْ مَاتَ وَهُوَ يَعلَم أَنَّهُ لاَإِلَه إِلاَالله دَخَلَ الجَنّة) صحيح الجامع 6552 (مسلم)

މާނައިގެ ތަރުޖަމާ: ހައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން ދެނެހުރެ މަރުވެއްޖެމީހާ ސުވަރުގެ ވަދެއްޖެއެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ.

(مَا مِن عَبدٍ قَالَ لاَ إِلَه إِلاَّ الله ثُمَّ مَاتَ عَلَى ذَلِكَ إِلاَّ دَخَلَ الجَنَّة( البخاري

މާނައިގެ ތަރުޖަމާ: (ﷲ)ގެ އަޅުތަކުންގެ ތެރެއިން އަޅަކު لا إله إلا الله ކިޔާފައި އޭގެ މަތީގައި(އެބަހީ ﷲ އެއްކައުވަންތަކުރުމުގައި) މަރުވެއްޖެނަމަ ދަންނާށެވެ. އޭނާ ސުވަރުގެ ވަދެއްޖެއެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ.

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: [مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ] رواه أبوداود وأحمد، وإسناده حسن.

މާނައީ: އެމީހެއްގެ ފަހުބަހަކީ لَا إِلَهَ إِلَّا اللَّهُ ކަމުގައި ވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ.”

އަދިވެސް އެހެން ރިވާޔަތެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ވެއެވެ.

(مَنْ كَانَ آخِرُ كَلامِهِ لا إِلَهَ إِلا اللَّهُ وَجَبَتْ لَهُ الْجَنَّةُ ) رواه أحمد (21529) وأبو داود (3116) وحسنه الألباني في “إرواء الغليل” (687)

މާނައީ: އެމީހެއްގެ ފަހުބަހަކީ لا إله إلا الله ކަމުގައި ވެއްޖެ މީހާގެ މައްޗަށް ސުވަރުގެ ވާޖިބުވެއްޖެއެވެ.”

ނިމުނީ

ވާހަކަނެގީ: މައުސޫޢަތުލް ޣަރާއިބުލް ޤިޞަޞް

 

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

އެކަނިވެރިކަމުގެ އިންތިހާ

Next Article

ފުރާވަރު

Related Posts