ދުވަސްތައް ރެއަށްވެ ރޭ ދުވާލަށްވެ، ދައުރުވަމުން ދިޔައެވެ. އައިޝް ކެތްތެރިކަމާއެކު ދުވަސް ތައް ގުނަމުން ދިޔައީ މާލެ ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދިރިއުޅުން ރަށަށް ބަދަލުކުރިތާ 6 މަސް ފާއިތުވެގެން ދިއައިރު އައިޝްގެ ހަޔާތުގައި އުފާވެރިކަމުގެ އެއްވެސް ކުލައެއް ޖެހިފައެއް ނުވެއެވެ. ލިބިފައިވަނީ ހިތާމަޔާ ހިތްދަތިކަމެވެ.