ރާއްޖޭގައި ފަހަކަށް އައިސް މިވަނީ މީހުން މެރުން އާންމުވެ ތޫނު ހަތިޔާރުން ތަފާތު އަނިޔާތައް މީހުންނަށް ދިނުން އާންމުވެފައެވެ. ﷲ ހަރާންކުރެއްވި މިފަދަ ފާފަތަކުގެ ހާއްޔަކަށް ރާއްޖެ ވެދާނެކަމުގެ ބިރު މިވަނީ ހީވެފައެވެ. މީގެ އެތައް އަހަރެއްކުރިން އަޒްލީނާގެ މަރަށްފަހު ދުވަސްތަކެއްވުމަށް ފަހު ވަރަށް ގާތްކޮށް މިވަނީ މީހުން މެރުމުގެ ހާދިސާތައް ހިނގާފައެވެ.
Author: Admin
ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްޤެކެވެ. ކޮންމެ އިންސާނަކަށްވެސް އިންސާނީ ޙައްޤެއްގޮތުގައި ލިބިދޭންޖެހޭ މުހިންމު ޙައްޤެކެވެ. އެހެންކަމަށްވާއިރު އެ ޙައްޤަކީ ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ހަމަހަމަ ގޮތެއްގައި ލިބެންޖެހޭ ޙައްޤެކެވެ.
އައިޝްގެ އުމުރުން އަދި އެންމެ 18 އަހަރު ފުރުނީއެވެ. އާއިލާ އެންމެންގެ އެދުމުގެ މަތިން ދެމީހުން ދަސްކުރުމަށް ދުވަސްތަކެއް ހޭދަކުރުމެއް ނެތި ހަޔާތުގެ ދަތުރުފެށީ އަމާން އައްސޭރިއަކަށް ދިޔުމުގެ ނިޔަތުގައެވެ. ދިރިއުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގުމެއް ނެތިއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ދިރިއުޅުމުގައި ކުލަޖެހި އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އައިޝް އާއި އާތިފްގެ ލޯބި ލޯބި ދަރިފުޅު ޔޫސުފް އެވެ.
މިއަދު އެމެރިކާ އެދަނީ ދަރަނީގެ ބޮޑު ކަނޑެއްގައި ޣަރަޤުވަމުންނެވެ. އަހަރެއްގެ މައްޗަށް ސާދަ ޓްރިލިއަން ޔޫ.އެސް ޑޮލަރު ސަރުކާރު ހިންގުމަށް ޚަރަދަށްދެއެވެ. މިއީ ހަމައެކަނި ހިންގުމުގެ ޚަރަދު ކަމަށް ވާ އިރު އަދި އެހެނިހެން ޚަރަދުތައް ކޮބައިތޯއެވެ؟ ހިއްސާދާރުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބޮންޑު ގޮތުގައިވާ ދަރަނީގެ
މެކް އޯއެސް އަކީ މިހާރު ރާއްޖޭގައިވެސް އާންމުވަމުން އަންނަ އޮޕަރޭޓިން ސިސްޓަމެކެވެ. މިހާރުވެސް އަދި ކުރިންވެސް އެންމެ ގިނަ ބަޔަކު ރާއްޖޭގައި ބޭނުންކުރަމުން އައީ ވިންޑޯސް ނަމަވެސް މިހާރު އެހެނިހެން އޯއެސްތައް ބޭނުންކުރާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ.
ގަދަ ވައި ޖެހޭ ވަގުތު ކިޔާދުޢާ
اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَأَعـوذُ بِكَ مِنْ شَـرِّها
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!ހަމަކަށަވަރުން މިއަޅާ އިބަﷲގެ حضرة ން އެ ވައިގެ ހެޔޮކަން ދެއްވުމަށް އެދި ދަންނަވަމެވެ.އަދި މިއަޅާ އިބަ ﷲ ގެ حضرة ން އެ ވައިގެ ނުބައިކަމުން ރައްކައުތެރިކޮށް ދެއްވުމަށްއެދި ދަންނަވަމެވެ.”
ދިވެހިރާއްޖޭގެ އާއިލާއާބެހޭ ޤާނުނު (ޤާނޫނު ނަންބަރު: 2000 / 4) އާއި މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި ވަރިކޮންޓްރޯލު ކުރުމާ ބެހޭ ގޮތުން ސާފު ޢިބާރާތުން އެއްވެސް މާއްދާއެއް ހެދިފައެއް ނުވެއެވެ. ނަމަވެސް އޭގައިވާ އެންމެހާ މާއްދާތަކުގެ މަފްހޫމަކީ އަދި މަޤުޞަދަކީ ބާއްޖަވެރި،
ސައިންސްގެ އަލީގައި
މިޒަމާނުގައި ސިޙުރު ދިރާސާކުރި ޢިލްމީ ލިއުންތެރިންގެ ނަޒަރުގައި ސިޙުރުގެ އެތައް ވައްތަރެއް ވެއެވެ. އަންނަނިވި ވައްތަރުތަކުގެ ސިޙުތުތައް އޭގެތެރޭގައި ހިމެނެއެވެ.
1. މާއްދާގެ ޚާއްޞިއްޔަތުތަކުގެ މައްޗަށް ބިނާވެފައިވާ ސިޙުރު.
2. ޖިންނީންގެ އެހީގައި ހަދާ ސިޙުރު.
ހެނދުނުގެ ނާސްތާގެ މުހިއްމުކަން ސިއްޙީ މާހިރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔަކަމުގައި ވިއަސް ނާސްތާނުކޮށް ސްކޫލްތަކަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުން މަދެއްނުވެއެވެ. ހެނދުނުގެ ނާސްތާއަކީ ރޭގަނޑުގެ ނިދީގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށް ފަހު އެތެރެކުރެވޭ ކާނާގެ އެތިކޮޅެވެ.