Categories
ހުރިހާ ލިޔުންތައް

ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް

ދިވެހިރާއްޖޭގެ އާއިލާއާބެހޭ ޤާނުނު (ޤާނޫނު ނަންބަރު: 2000 / 4) އާއި މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި  ވަރިކޮންޓްރޯލު ކުރުމާ ބެހޭ ގޮތުން ސާފު ޢިބާރާތުން އެއްވެސް މާއްދާއެއް ހެދިފައެއް ނުވެއެވެ. ނަމަވެސް އޭގައިވާ އެންމެހާ މާއްދާތަކުގެ މަފްހޫމަކީ އަދި މަޤުޞަދަކީ ބާއްޖަވެރި،

Categories
ހުރިހާ ލިޔުންތައް

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟(2)

ސައިންސްގެ އަލީގައި

މިޒަމާނުގައި ސިޙުރު ދިރާސާކުރި ޢިލްމީ ލިއުންތެރިންގެ ނަޒަރުގައި ސިޙުރުގެ އެތައް ވައްތަރެއް ވެއެވެ. އަންނަނިވި ވައްތަރުތަކުގެ ސިޙުތުތައް އޭގެތެރޭގައި ހިމެނެއެވެ.

1. މާއްދާގެ ޚާއްޞިއްޔަތުތަކުގެ މައްޗަށް ބިނާވެފައިވާ ސިޙުރު.

2. ޖިންނީންގެ އެހީގައި ހަދާ ސިޙުރު.

Categories
ހުރިހާ ލިޔުންތައް

ހެނދުނުގެ ނާސްތާ ވަރަށް މުހިއްމު

ހެނދުނުގެ ނާސްތާގެ މުހިއްމުކަން ސިއްޙީ މާހިރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔަކަމުގައި ވިއަސް ނާސްތާނުކޮށް ސްކޫލްތަކަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުން މަދެއްނުވެއެވެ. ހެނދުނުގެ ނާސްތާއަކީ ރޭގަނޑުގެ ނިދީގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށް ފަހު އެތެރެކުރެވޭ ކާނާގެ އެތިކޮޅެވެ.

Categories
ހުރިހާ ލިޔުންތައް

ވިސްނާލުން މުހިންމު ކަމެއް- ޙައްޖުވެރިންނަށް

މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ. އިސްލާމީ އުންމަތަށް އަންނަ އެންމެ އުފާވެރި އެއްދުވަހެވެ. އަދި ދިވެހިންނަށްވެސް އައި އެންމެ އުފާވެރި ދުވަހަކީ އީދުދުވަހެވެ.  ހަމަ އެހެންމެ  މާތްވެގެންވާ މައްކާގެ ބިމުގައި އަޅުގަނޑުމެންގެ  އަޙުންނާއި އުހުތުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ގޮސްފައިވާއިރު އަޅުގަނޑުމެން

Categories
ހުރިހާ ލިޔުންތައް

ޤިޔާމާތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން

ހުސްފަޔާއި ސަހަރާތެރޭގައި އުޅުނު ޢަރަބި ބަދަވީންތައް އުސްއިމާރާތްތައް އެޅުމުގައި ވާދަކުރުން

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ކަންތައްތަކުގެ ތެރެއިން މިހާރު އަޅުގަނޑުމެންގެ ލޯމައްޗަށް ފެންނަމުން ދާ އެއްކަމަކީ ހުސްފަޔާއި ބަކަރިހުއިހައްޕަން ސަހަރާތެރޭގައި އުޅުނު ބަދަވީންތައް އުސް އިމާރާތްތައް އެޅުމުގައި އެއްބަޔަކާއި އަނެއްބަޔަކު ވާދަކުރަމުން ދާ ދިޔުމެވެ.

Categories
ހުރިހާ ލިޔުންތައް

މިސްކިތުގައި ޢީދު ނަމާދު ކުރުމީ މައްސަލައެއް ނޫނެވެ

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

الْحَمْدُ لِلَّهِ وَكَفَى وَصَلَّى اللَّهُ عَلَى النَّبِيِّ الْمُصْطَفَى . أَمَّا بَعْدُ !

ރާއްޖޭގެ ވަރަށް ރައްޓެހިނާއި ދަންނަ މީހުން އަޅުގަނޑާ ކުރަމުންދާ ސުވާލެކެވެ. އަދި ބައެއް ކައުސިލް އޮފީސްތަކުން މިމައްސަލާގައި އަޅުގަނޑަށް ސިޓީވެސް ފޮނުވަމުން އެބަ ދެއެވެ. ސުވާލަކީ: ޢީދު ނަމާދު މިސްކިތުގައި ކުރުމަކީ ބިދުޢައެއްތޯއެވެ؟ ޢީދު ނަމާދު ކުރުން އައުލާވެގެންވަނީ މިސްކިތުގައިތޯ ނުވަތަ ހުސް މައިދާނުގައިތޯއެވެ؟ މިހާރަކަށް އައިސް ބައެއް ޝައިޚުން އެއީ ބިދުޢައެއް ކަމުގައި ވިދާޅުވަމުން އެބަދެއެވެ

Categories
ހުރިހާ ލިޔުންތައް

ޢީދު ދުވަހާއި ހުކުރު ދުވަސް އެއްދުވަހަކަށްވުމުން ހުކުރު ނަމާދު ނެތިދާނެބާއެވެ!

ޢީދު ދުވަހާ ހުކުރު ދުވަސް ދިމާވުމަކީ މުސްލިމުންނަށް އެމީހުންގެ ދެޢީދު ދުވަސް އެއް ދުވަހަކާ ދިމާވެ، ދެއުފަލުގައި ބައިވެރިވާންޖެހޭ މާތް، ބޮޑު ދުވަހެކެވެ. މިއުފާވެރި ދުވަހުގައި ދެނަމާދުކުރަން އެބަ އޮވެއެވެ. އެއީ ޢީދު ނަމާދާއި ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮންނަ ފަރުޟު ނަމާދެކެވެ.

Categories
ހުރިހާ ލިޔުންތައް

ދަރިޔަކު ލިބުމުން ކިޔާ ތަހުނިޔާ

ދަރިޔަކުލިބޭމީހާއަށް ކިޔަންޖެހޭ ތަހުނިޔާ

“باَرَكَ اللهُ لَكَ فِيْ الْمَوْهُوْبِ لَكَ, وَشَكَرْتَ الْوَاهِبَ, وَبَلَغَ أَشُدَّهُ, وَرُزِقْتَ بِرَّهُ”

“ތިބާއަށް ލިބުނު ދަރިފުޅުގެ ކިބައިގައި މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ( އެދަރިފުޅު ތިބާއަށް) ދެއްވިފަރާތަށް ތިބާ ޝުކުރުއަދާކުރާހުށިކަމެވެ.

Categories
ހުރިހާ ލިޔުންތައް

އިސްލާމީ އުންމަތުގެ ލޯބިލިބިފައިވާ އިލްމްވެރިއެއް

 އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް އަދި ހަމަ އެހެންމެ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ މެދުގައިވެސް ފާހަގަކުރެވޭ އެބޭފުޅެއްގެ ކިޔެވުން އަޑުއަހަން ގިނަ ބަޔަކު ބޭނުންވާ އެއް އަޑަކީ ޝައިޚް ސުރައިމްގެ އަޑެވެ. ޤުރުއާން ކިޔެވުމުގައި  އަޑުއަހާ މީހުން ސައުގުވެރިކަން އުފެދޭފަދަ ފުރިހަމަ އަޑެއްގެ ވެރިއެކެވެ.

Categories
ހުރިހާ ލިޔުންތައް

ދިވެސް އަކުރަކީ ކޮބާ؟

ދިވެހި ބަހަކީ ދިގު ތާރީހެއް އޮތް ބަހެކެވެ. ދިވެހިންނަކީ އަމިއްލަ ވަންތަ ބަހެއްގެ ވެރިބައެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު އަމިއްލަ ބަހެއް ގައުމީ ބަހުގެ ގޮތުގެ ބޭނުން ނުކުރާ އެތައް ގައުމެއް އެބަހުއްޓެވެ. އެހެންނަމަވެސް ދިވެހިންނަކީ އަމިއްލަ ފަހުރުވެރި ބަހެއް ލިބިފައިވާ މިނިވަން ގައުމެކެވެ.