Month: May 2012
އާދެ، ހަމަ ކަށަވަރުންވެސް މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވާފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަޅުވެތިވުމަށެވެ. “އަޅުކަންކުރުން” މިބަހުގެ މުރާދަކީ ރެ އާއި ދުވާލު ސައްވީސް ގަޑިއިރު މިސްކިތުގައި ނުވަތަ މުޞައްލަމަތީ ކޮންމެހެން ކުރަންޖެހޭ އަޅުކަންތައްކުރުމުގައި މަޝްޣޫލްވެއުޅުމުގެ ވާހަކައެއްނޫނެވެ. އެއިގެ މުރާދަކީ މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝަރީކް ކުރުމުން ދުރުހެލިވެ ދުނިޔެ އާރާސްތު ކުރުމުގައި ބައިވެރިވެ އުޅުމުގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން ކޮންމެ އިންސާނެއްގެ، އާދެ، ކޮންމެ އަންހެނަކާއި ފިރިހެނެއްގެ ޒިއްމާއެކެވެ. ވާޖިބެކެވެ.
ބޯވާގެ އެންމެ ބޮޑަތިވާ ވައްތަރު
ބޯވާގެ ވައްތަރުތަކަށް ބަލާއިރު އެންމެ ބޮޑެތިވާ ވައްތަރުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޖަޔަންޓް ޕެސިފިކް އޮކްޓޮޕަސް ގެ ނަމުން ނަންދެވިފައިވާ ބޯވާއެވެ. މިބާވަތުގެ ބޯވާ އުޅެނީ ޕެސިފިކް އުތުރުގެ ސަރަހައްދުތަކުގެއެވެ. މިގޮތުން ކެލިފޯނިއާ އަދި އެލަސްކާގެ ސަރަހައްދުން މިބާވަތުގެ
ޚުލާޞާ ތަރުޖަމާ:އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
ނިއުޓަންއަށް، ބިމަށް ދަމާ ބާރު ހޯއްދެވުނީ، އާފަލެއް ވެއްޓުމުން ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. ނަމަވެސް ޙަޤީޤަތްވަނީ އެ އާފަލާ މާދުރުގަ އެވެ.
މަލިކު
ދިވެހިރާއްޖެއާއި ޒަމާނުންސުރެވެސް ގާތްގުޅުމެއް އޮންނަ މަލިކުގެ މީހުންނަކީ ދިވެހިންނާއި ގުޅޭ އަދި އާއިލީ ގޮތުންވެސް ވަރަށްބޮޑަށް ގުޅިފައިވާ ބައެކެވެ. އަދި ހަމަ އެހެންމެ މަލިކު އަތޮޅަކީ އުފެދިފައިވާ ގޮތުންވެސް ރާއްޖޭގެ ރަށްތަކާއި އެއްގޮތް ރަށްތަކެކެވެ. މަލިކުގެ މީހުންނާއި ދިވެހިންނާއި އެންމެ އެއްގޮތްކަމެއްގެ ގޮތުގައި ފާހަގަކުރެވޭކަމަކީ ވާހަކަދައްކާ އުޅޭ ބަހުގެ ގޮތުން އެއްގޮތްވުމެވެ. މިފަދަ އެތަކެއް ގޮތަކުން ދިވެހިންނާއި މަލިކު ގުޅިފައިވުމުން ހެޔޮބަސް
ކައިވެނީގެ ސަބަބުން ލިބޭ ފައިދާ
ކައިވެންޏަކީ އޭގައި ވަރަށްގިނަގުނަ ފައިދާތަކެއް އެކުލެވޭ އަދި ވަރަށް މާތް މަޤުޞަދުތަކަކާއި ޙިކުމަތް ތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. އެގޮތުން ހެޔޮގޮތުގައި ކައިވެނީގެ އެންމެހާ ގުޅުންތައް ކުރިއަށް ގެންދިޔުމީ އޭގެ ސަބަބުން އުޚުރަވީ ފައިދާތަކާއި އަދި ދުނިޔަވީ ފައިދާތައް، ކައިވެނީގެ ގުޅުމުން ގުޅިގެން އުޅޭ ދެމަފިރިންނަށާއި މުޅި މުޖުތަމަޢަށް ލިބިގެންދާނެ ކަމެކެވެ. އަދި މުޅި އިންސާނީ ދަރިފަސްކޮޅަށް އޭގެ ހެޔޮކަންލިބޭނެއެވެ.
ޢާއްމުގޮތެއްގައި ވަރިކުރުމަށް ފިރިހެނުން އެދޭ ސަބަބުތައް
- ޖެހޭ ތަފާތު މައްސަލަތަކުގައި ޚިޔާލުތަފާތުވެ ޒުވާބުކުރުން
- ދެމަފިރިން ވަކިންދިރިއުޅޭނެ އަމިއްލަތަނެއް ނެތުން.
- ލޯތްބާއި ރުހުމާއި އޯގާތެރިކަން ނެތުން(ވަގުތު ހޭދަ ނުކުރުން)
- ޝައްކު ކުރުމާއި އިތުބާރު ނުކުރުން( އެހެންމީހުންނާއި އަޅުވާ ކިޔުން)
- މައިބަފައިންގެ ނުފޫޒު ގަދަވުން.
މުހިންމު ދުޢާތައް
މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. رسول الله صّلى الله عليه وسّلم އަހަރުމެންނަށް ޤުރުއާނުން ސޫރަތް އުނގަންނާދެއްވާފަދައިން އެންމެހައި ކަންކަމުގައި އިސްތިޚާރާ ކުރަން އަހަރުމެންނަށް އުނގަންނައިދެއްވައެވެ. ހަދީޘް ފުޅު ކުރައްވައެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރުމަށް ގަސްތުކޮށްފިނަމަ ފަރަުޟުނަމާދު ފިޔަވައި ދެރަކުޢަތް ނަމާދެއް ކުރައްވާށެވެ. ދެން ކިޔާށެވެ.”
ނަމެއް ނޭނގިފައި
ކޮންމެ ކަމެއް ވެސް ވާނީ، އެ ކަން ވާން ހަމަޖެހިފައިވާ ގޮތަށެވެ. ދުނިޔެ އަށް މަޚުލޫގުން އައުމާއި، އެނބުރިދިޔުމަކީ އެ މަޚުލޫގެއްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. މަރުވުމަށްޓަކައި އުސް ތަނަކުން ފުންމާލާ މީހާ ދިރިހުރެފައި، ނިދާފައި އޮންނަ މީހާ މަރުވުމުކީ، ބުއްދީގެ އަހުލުވެރިއަކަށް ޢިބުރަތަކަށް ފުދޭ ކަމެކެވެ.
ދުނިޔެއާ ދުނިޔޭގައިވާހާ އެއްޗެއް ހެއްދެވީﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްގެ ގޮތުގައި ކަން ޔަގީނެވެ. ހަމަަ އެހެންމެ ﷲ ގެ ކޮންމެ ހަލްގުކުރެއްވުމެއްގައިވެސް ހިކުމަތްތަކެއްވާނެކަން ޔަގީނެވެ. ފަރުބަދަތައް ކައިރިއަށްގޮސް އެ ބިޔަ ފަރުބަދަތައް ބަލާލުމުން ބުނަން ނޭގޭފަދަ އިހްސާސްތަކެއްކުރެއެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ