މައިކުރޯސޮފްޓް މަލީސިއަސް ސޮފްޓްވެއާރ ރިމޫވަލް ޓޫލް އަކީ މަލްވެއާރ އާއި ދެކޮޅަށް މަސައްކަތްކުރާ ސޮފްޓްވެއާރއެކެވެ. މި ސޮފްޓްވެއާރ ވިންޑޯސް 8، ވިންޑޯސް 07 ، ވިންޑޯސް ވިސްޓާ، ވިންޑޯސް އެކްސްޕީ، ވިންޑޯސް 2000 ، ވިންޑޯސް ސާރވާރ
Category: ހުރިހާ ލިޔުންތައް
މިހާރަކަށް އައިސް ފޭސްބުކްފަދަ ދިވެހިން ބޭނުންކުރާ ސޯސިއަލް ނެޓްވާރކްތަކުގައި ހޯމްބޭސްޑް ބިސްނަސް އިންޓަރނެޓް ޑިއުޓީ.ކޮމް ގެ ނަމުގައި އަންނަނީ ވަރަށް ގިނަ ބަޔަކު އިސްތިހާރުކުރަމުންނެވެ. ސައިޓް ބަލާ ލާ މީހަކަށް
އަބްދުﷲ މާއިޒް/ޅޮހި
މިއީ ދިވެހި ރާއްޖެއެވެ. އަޅުގަނޑުމެން ގެ ރާއްޖެއެވެ. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމެވެ. މިޤައުމުގެ ބިމާއި، ޖައްވާއި، ކަނޑާއި އެކަނޑުގެ އަޑިޔާ މިއީ ދިވެހިންނަށްޓަކައި ﷲ ލައްވަވާފައިވާ އެކަލާނގެ ދީލަތިވަންތަ ކަމުގެ ނިޢުމަތް ތަކެވެ.
ބުލޫ ރިންގް އޮކްޓޮޕަސް އަކީ އިންޑިއާ ކަނޑާއި ޕެސިފިކު ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ބޯވާގެ ވައްތަރެކެވެ. މި ބާވަތުގެ ބޯވާގެ 10 ވަރަކަށް ވައްތަރު އުޅޭކަން ފާހަގަކުރެވިފައެވެ. ބޯވާގެ އެހެން ވައްތަރުތަކާއި ހިލާފައް މި ބޯވާ އަކީ ކުޑަ އަދި ހަމަ އެހެންމެ އިންސާނުންނަށް ނުރައްކާ އެއްޗެއް ގޮތުގައި
އަހަރެން ދިރިއުޅެމުން ދިޔައީ ނިކަމެތި ޙާލުގައެވެ. އަހަރެންގެ ފިރިމީހާގެ މަސައްކަތުން ބަނޑުފުރާނަ މުއްތިކޮށްލެވޭ ވަރުވެއެވެ. މާގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިނީމެވެ. އަހަރެންނަށް ލިބުނު ފުރަތަމަ ދަރިފުޅު، ހަސްނާ ބަލާ ބޮޑުކުރީ ލޯބިންނެވެ. އަހަރެންގެ ހިނިތުންވުމަކީ އެދަރިފުޅެވެ. އަހަރެންގެ ލޮލުގެ ފިނިކަމަކީ އެރީތި ދޮންދޮން ލޯބިވާ ދަރިފުޅެވެ. ހަސްނާ ބޮޑުވަމުން އައީ ނިކަމެތި ފަޤީރު ޙާލުގައިކަމެއް އޭނާއަށް އިޙްސާސެއް
މާ ފައްކާއެތި
އަހަރެން ކުޑައިރުން ސުރެދެކެމުން އަންނަ އެއްޗެކެވެ. އޭގެ އަވާގައި ލައްކަރަނގަޅަށް އަހަރެން ޖެހުނު އެއްޗެކެވެ. ބަލާ ބެލުމަށް މާއަޅާގަން ގޮތްހުންނަ އެއްޗެއް ނޫނެވެ. ކުޑަކުދިންނަށް އަބުއި އެއްޗެއްކަން އެނގުނީ އޭގައި އަތްލަންވެސް ފުރުސަތެއް ނުލިބޭތީއެވެ. އަޑުއަޑުގޮވާ ރާބޮއްޔާ، އަތިރިމަތީ ދުއްވަން ގެންގުޅޭ ބޮނބިދޯންޏާ، ގޮއްވަން ގެންގުޅޭ ދުއްމާރިމަތިން ހަންދާން ނެތުނެވެ.
އިންޓަރނެޓަކީ މިއަދު އެއާ ނުލައި ދިރިއުޅެން އުނދަގޫވެފައިވާ ވަޞީލަތެކެވެ. ޚާއްޞަގޮތެއްގައި ކިޔަވާކުދިންނާއި މަސައްކަތުގެ ދާއިރަތަކުގައި އުޅޭ މީހުންނަށް މިއަދު އިންޓަރނެޓަކީ ވަރަށް މުހިއްމު ވަޞީލަތަކަށްވަނީ ވެފައެވެ. މިގޮތުން ރާއްޖޭގައިވެސް މުވާޞަލާތުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ޤާއިމްކުރެވިފައިވެއެވެ. އަދި އިންޓަރނެޓް ބޭނުންކުރާ މީހުންގެ ސަމާލުކަން ހޯދުމުގައި އެންމެ ކުރީގައި އުޅޭ އެކައްޗަކީ ސޯޝަލްނެޓްވޯކްތަކެވެ. އެގޮތުން ފޭސްބުކް،
ޤާދިޔާނިން ގެ ތަޢާރަފް:
މިއީ 1900 ވަނައަހަރު އިސްތިޢުމާރުގެ ޕްރޮގްރާމްގެ ދަށުން އިނގިރޭސިން ހިންދުސްތާނުގައި މުސްލިމުން، އެމީހުންގެ ދީނާއި އަދި ޚާއްސަކޮށް ޖިހާދުގެ ފަރުޟާއި ދުރުކުރުމުގެ ގޮތުން ހިންގި ޙަރަކާތެކެވެ. އެއީ އޭގެސަބަބުން އިސްލާމްދީނުގެ ނަމުގައި އެމީހުންނާއި ދިމާކުރާނެ
މިހާރަކަށް އައިސް ކޮންޕިއުޓާރ ވައިރަސް ތައް ވަނީ ވަރަށް އާންމުވެފައެވެ. އަދި ހަމަ އެއާއި އެކު ވައިރަސް ފިލުވާލުމަށް ތަފާތު ޕުރޮގުރާމްތައްވެސް އަންނަނީ އުފައްދަމުންނެވެ.
އާންމުކޮށް ވައިރަސް އަރަނީ ގިނަ މީހުން ބޭނުން ކުރާ ސިސްޓަމްތަކަށެވެ. މި ގޮތުން ރާއްޖޭގައި ސްކޫލްތަކާއި އޮފީސް ޔުނިވަރސިޓީގެ ކޮންޕިއުޓަރު ލެބްތަކުގައި ހުންނަ ސިސްޓަމްތަކުގައި މި މައްސަލަ ބޮޑުކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ އެންޓިވައިރަސް އަޕްޑޭޓް ނުކުރެވޭ ގިނަ ސިސްޓަމްތަކުގައި ވައިރަސް ހުރުމަކީ އާންމު ކަމެކެވެ.
ވައިރަސް އަރައިގެން ޕެންޑުރައިވް ގަ ހުންނަ އެއްޗެހި ހައިޑް ވުމަށްފަހު ސޯރޓްކަޓް ފައިލްތަކެއް ފެންނަންހުރެއެވެ. އެހެންނަމަވެސް އަސްލު ފައިލްތައް ފެންނާކަށް ނުހުރެއެވެ.
ޕެންޑްރައިވް އިން ގެއްލުން ފައިލްތައް ހޯދުމަށްޓަކައި ޕެން ހުޅުވާށެވެ. އަދި ވިއު- އޮޕްޝަން- ޗޭންގް ފޯލްޑާރ ސާރޗް އޮޕްޝަން- ދެން ހުޅުވޭ ސްކްރީންގައި އިންނަ ވިއުއަށް ދާށެވެ. އެއަށްފަހު ޝޯ ހިޑަން ފައިލްސް އެންޑް ފޯލްޑާރ އޮޕްޝަންގައި މާރކް ޖަހާށެވެ. އަދި އެގޮތަށް ހަދައިގެންވެސް ނުފެންނަ ނަމަ ތިރީގައިވާ ފޮޓޯއިން ފެންނަފަދައިން ހައިޑްޕުރޮޓެކްޓެޑް އޮޕަރޭޓިން ސިސްޓްމް ފައިލްގައި މާރކް ކުރެވިފައިވާނަމަ މާރކް މައްޗައް ފިތާލާ މާރކް ފިލުވާލާށެވެ. އޭރަށް ގެއްލުން އެއްޗެހި ފެންނާނެއެވެ. އެހެންނަމަވެސް ސޯރޓްކަޓް ފައިލްތައް ހުންނާނެއެވެ. ދެން މި ސޯރޓްކަޓް ފައިލްތައް ދުއްވާލަން އެންޓިވައިރަސް އަޕްޑޭޓްކޮށް ސްކޭންކުރާށެވެ. މިގޮތުން އީސެޓް ފަދަ އެންޓިވައިރަސް ޕުރޮގުރާމެއް ބޭނުންކުރެވިދާނެއެވެ. އަދި ރަން އަށް ގޮސް ސީއެމްޑީގައި ކޮމާންޑެއް ޖަހައިގެންވެސް ސޯރޓްކަޓް ފައިލްދުއްވާލެވިދާނެ އެވެ. މި ގޮތަށް ސޯރޓްކަޓް ފައިލް ދުއްވާލާނެގޮތުގެ މައުލޫމާތު ކުރިޔައް އޮތްތާ އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ
.
އިވޮލިއުޝަން ތިއަރީ
މިހާރަކަށްއައިސް އިވޮލިއުޝަން ތިއޮރީގެ ދޮގުކަމާއި ދެކޮޅުނުޖެހޭކަން ބަޔާންކުރާއިރު ވަރަށް ގިނަފަހަރަށް އަހަރެމެން މުސްލިމުންތެރޭގައިވެސް ބުއްދީގެ ދަލީލުތަކެއްގެ ވާހަކަދެއްކޭ އަޑުއިވެއެވެ. ތެދެކެވެ. އެތިއަރީތަ